އެސްޓީއޯއިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް ބަދަލެއް ނުގެނޭ

ތެޔޮ ވިއްކާ އަގަށް އެއް ވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯގެ މީޑިއޯ ކޯޑިނޭޓަރު އަބްދުﷲ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ އެ ކުންފުނިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އެސްޓީއޯއިން ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަން އެކުންފުނިން އާންމުކޮން އަންގާ އިޢުލާން ކުރާނެކަމަށެވެ.

އެސްޓީއޯއިން އަންނަނީ މީގެ ކުރިންވެސް ތެލުގެ އަގު ހެޔޮ ވިޔަސް އަދި އަގު ބޮޑުވި ކަމުގައި ވިޔަސް އެކަން އާންމު އުސޫލުގެ ތެރެއިން އަންގާ އިޢުލާން ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!