ހޯޑެއްދޫ އިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މިހާރު ވެސް މޮނިޓަރިންގައި އޮތް ގދ. ހޯޑެއްދޫން އިތުރު 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. 

އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިން ނުވަތަ އެމީހުންނާ ސީދާ ދިމާވެފައިޥާ މިހުން ދެނެގަނެ 36 ސާމްޕަލެއް ނަގާފައިވާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. އޭގެތެރެއިން 19 ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

އޭގެތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި 8 އަންހެނެކެވެ. އެއީ އެއްހަރުން ދަށުގެ ދެ ކުޑަކުދިންނާއި، އެއްހަރާއި 18 އަހަރާއި ދެމެދުގެ 8 ކުދިންނާއި، އަށާރަ އަހާރާއި 50 އަހަރާއި ދެމެދުގެ 7 މީހުންނާއި، 50 އަހަރުން މަތީގެ ދެ މީހެކެވެ.

އެޗްއީއޯސީ އިން ބުނީ މިއީ ކޮމިއުނިޓީ ސްޕރެޑެއް ކަމަށް އަދި ނުނިންމާ ކަމަށާއި މިކަމާއި ގުޅިގެން އެ ސެންޓަރުން އެރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!