ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ކެލާ ސްކޫލަށް ފިނި ޕާކެއް

ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދަށުން ހއ. ކެލާ ސްކޫލް ކުރިމަތީގައި ބެލެނިވެރިން މަޑުކޮށްލައިގެން ތިބޭނެ ހިތް ފަސޭހަ މައިޒާނަކާއި ބައިސްކަލްތައް ޕާކު ކުރުމަށް ހާއްސަ ޖާގައެއް ހަދައިފިއެވެ.

ކެލާގެ އައިޑިއާސް ޖަމްއިއްޔާ އިން ބޭންކުގެ އެހީތެރިކަމާއެކު ނިންމި މި މައިޒާނާށް އެ ޖަމިއްޔާއިން ދީފައިވާ ނަމަކީ ‘ކެލާ ސްކޫލް ފިނި ޕާކް’ އެވެ.

އެޖަމިއްޔާއިން ވަނީ ކެލާ ސްކޫލް ކައިރީގަި ހުރި ހިޔާ ދޭ ބޮޑެތި ގަސްތައް ކައިރީގައި ބެލެނިވެރިންނަށް އިށީދެވޭ ގޮތަށް ހިތްފަސޭހަ މައިދާނެއް ހަދާފައި އެވެ. އަދި ބައިސްކަލްތައް ޕާކު ކުރާނެ ހާއްސަ ޖާގައެއް ހަދާފައި އެވެ.

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ކެލާގައި ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓަކީ ސްކޫލްދަރިވަރުންނާއި ބެލެނިވެރިންނަށް ފަސޭހަތަކެއް ހޯދައި ދެވުނު ކަމަކަށް ވާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ ތިމާވެއްޓާއި ވަރަށް ރައްޓެހި ގޮތަކަށް ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށް ވިދުވި އެވެ.

“ކޮމިއުނިޓީ ފަންޑުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕްރޮޖެކްޓް ހިންގުމަށް ބޭންކުން މިދަނީ އެހީތެރިވަމުން. އައިޑިއާސް ޖަމިއްޔާއިން ކެލާގައި މި ނިންމި ޕްރޮޖެކްޓަކީ ރަށުގެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް ފަސޭހަތަކެއް ހޯދައިދެވުނު އަދި ހަމައެހެންމެ ތިމާވެށްޓާ ރަށްޓެހި ޕްރެޖެކްޓެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ކެލާގެ ރައްޔިތުން ބަލައިގަންނާނެ ޕްރޮޖެކްޓަކަށް ވެގެން ދިޔުން.” ސައީދު ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!