މޫސުން ގޯސްވެ ތ. އަތޮޅުން އައްޑޫއަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައި ވަނީ ހެނދުނު 10:45 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެކަމަށް ލަފާ ކުރެވޭ ކަމުގައިވެސް މި އެލާޓްގައި ވަނީ ބުނެފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ކަނޑުތައް ގަދަ ވާނެ ކަމަށާއި އެގޮތުން ރާޅުގެ އުސްމިން އުޅޭނީ 4-7 ފޫޓާ ދެމެދުގައި ކަމަށް މެޓުން ބުނެ އެވެ.

މޫސުމާއި ބެހޭ އިދާރާއިން ވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ މޫސުމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!