ކުޑަހުވަދޫން ޕޮޒިޓިވްވި ކުއްޖަކު ލ.ގަމު ކޮވިޑް ފެސިލިޓީގެ އައިސީޔޫގައި އެޑްމިޓްކޮށްފި

ދ. ކުޑަހުވަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުއްޖަކަށް ލ. ގަމު ކޮވިޑް ފެސިލިޓީގެ އައިސީޔޫ ގައި ފަރުވާ ދޭން ފަށައިފިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުގައި ހޯމް ކަރަންޓީންގައި ހުރުމަށްފަހު ސާމްޕަލް ނެގިއިރު ދ. ކުޑަހުވަދޫ އިން ޕޮޒިޓިވްވެފައިވާ ކުޑަކުއްޖެއް، އިތުރު ފަރުވާ ދިނުމަށް ލ. ގަމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގެ އައި.ސީ.ޔޫ ގައި މިއަދު ވަނީ އެޑްމިޓް ކުރެވިފައެވެ.

ކުޑަހުވަދޫ އިން މިދިޔަ އަންގާރަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 1 މަހުގެ ތުއްތު ފިރިހެން ކުއްޖަކާއި 3 އަހަަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 24 އަހަރުގެ އަންހެނަކާއި، 34 އަހަރުގެ ފިރިހެނެކެވެ.

މި މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ނިންމުމަށް ފަހު ނެގި ސާމްޕަލްތަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!