ސިޔާސީ ޕާޓީތަކުން މަސްލަހަތު ގެއްލޭ ކަންކަމަށް ހިތްވަރު ނުދީ: އީސީ

ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފް ގޮވާލައްވައިފި އެވެ.

ޝަރީފް އެގޮތަށް ގޮވާލައްވާފައި މިވަނީ “ޗެނަލް13” ގެ ލައިވް ޕްރޮގްރާމެއްގައި ބައިވެރިއަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރުމަށް ގޮވާލި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ދެއްވި ރައްދެއްގަ އެވެ. 

އާންމުވެފައިވާ ވީޑިއޯއަކީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި އެ ޗެނަލުން ގެނައި “ރައްޔިތުންގެ އަޑު” ގައި ބައިވެރިވި މީހަކު ދެއްކި ވާހަކަ އެކެވެ. 

އެ ވާހަކަތައް ބްރޯޑްކާސްޓްކުރި މައްސަލާގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ޗެނަލް13 އަށް ފިޔަވަޅު އެޅުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

އެ މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވާ މައްސަލަ ކޮމިޝަންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އަދި ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެވެ.

އެ ޗެނަލުން ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާންޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.  

އަދި އެމީހާ އެހެން ބުނުމާއެކު ޗެނަލް13 އިން ވާނީ ވަގުތުން އެ ފޯނު ކޯލް މެދުކަނޑާލާފައި ކަމަށާއި އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށް އެ ސްޓޭޝަނުން ބުނެ އެވެ. 

އެ މައްސަލަ ފުލުހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!