ފުވައްމުލަކުގައި މާރާމާރީ ހިންގި 2 މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް އިއްޔެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުންނަކީ އުމުރުން 22 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުން ނެނެވެ.

އަދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!