ކާލީ ޕިލީ ގައި އިޝާން ހުރި ގޮތް ފެނިފައި ކަބީރް ސިންގް މަތިން ހަނދާންވޭތަ؟

ބޮލީވުޑްގެ ޒުވާން އެކްޓަރު އިޝާން ޚައްތަރު، އޭނާގެ ކުރިއަށް އޮތް ފިލްމު “ކާލީ ޕިލީ” ގައި އޭނާ ހުންނަ ގޮތުގެ ފުރަތަމަ ލުކް ދައްކައިލުމުން، ކަބީރް ސިންގް މަތިން ހަނދާންވެއްޖެ ކަމަށް ބައެއް ފޭނުން ބުނެފިއެވެ.

ކަބީރް ސިންގް އަކީ އިޝާންގެ ބޭބެ އަދި މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރް ކުޅުނު “ކަބީރް ސިންގް” ފިލްމުގައި ޝާހިދު އަދާކުރި ކެރެކްޓާއެވެ. ގިނަ ބައެއްގެ މަޤުބޫލުކަން ލިބުނު މި ފިލްމަކީ ޝާހިދުގެ މުޅި ކެރިއަރުގައި ވެސް އެންމެ ކާމިޔާބުވި އެއް ފިލްމެވެ.

“ކާލީ ޕިލީ” ގައި އިޝާން ކުޅޭ ބްލެކީ ގެ ކެރެކްޓާ ވައްތަރީ ކަބީރް ސިންގްގެ ޅަ ދުވަސްވަރާ ކަމަށްބުނެ މީހަކު ކޮމެންޓުކުރުމުން، ގިނަ ބަޔަކު ވަނީ އެކަމަށް އެއްބަސް ވެފައެވެ. ސަބަބަކީ އިޝާން ހިއްސާކުރި ފޮޓޯތަކުގައި އޭނާ ހެދުން އަޅައިގެން ހުރި ގޮތާއި، ސިނގިރޭޓު ޖަހާލައިގެން ހުރި ގޮތުންނެވެ.

މި ފިލްމުގައި އިޝާންގެ އިތުރުން މުހިއްމު ރޯލަކުން ފެންނާނީ ކުރިއަރަމުން އަންނަ ބަތަލާ އަނަންޔާ ޕާންޑޭއެވެ. “ކާލީ ޕިލީ” ގެ ޓީޒާއެއް މިހާރު އާއްމުންކޮށްފައި ވިޔަސް، ފިލްމު އަޅުވާނެ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!