ސާރާގެ ނޫ ތުންފަތް ކަމުދޭތަ؟

ބޮލީވުޑްގެ ކުރިއަރަމުން އަންނަ ބަތަލާ ސާރާ އަލީ ޚާން މީގެ ދެދުވަސް ކުރިން އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

View this post on Instagram

Back to Blue 🌊💙🧿 📸: @orry1

A post shared by Sara Ali Khan (@saraalikhan95) on

25 އަހަރުގެ ޒުވާން ބަތަލާ ހިއްސާކޮށްފައިވާ މި ފޮޓޯތަކުން ފެންނަނީ މޫދު ކައިރީގައި ހުއްޓިލައިގެން ހުންނަ މަންޒަރެވެ. ނަމަވެސް މި ފޮޓޯތަކުން ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ ސާރާ ލައިގެން ހުރި ކްރޮޕް ޓޮޕާއި ޑެނިމް ސޯޓަކަށް ނޫނެވެ. އެ ފޮޓޯތަކުގައި ސާރާގެ ތުންފަތުގައި ޖައްސާފައި ހުރި ލިޕްސްޓިކް އަށެވެ.

ނޫކުލައިގެ ޝޭޑެއް ތުންފަތުގައި ޖައްސާފައި ހުރުމުން ގިނަ ބަޔަކަށް އެ “ލުކް” ވަރަށް ތަފާތު ކަމަށް ފެނުނެވެ. އަދި އެ ޕޯސްޓަށް ކޮމެންޓުކުރި ގިނަ ބަޔަކު ވެސް ވަނީ އެ ކުލަ ސާރާގެ އައުޓްފިޓާ ގުޅޭކަން ފާހަގަކޮށް ތައުރީފް ކޮށްފައެވެ. އޭގެތެރޭގައި އާމިރު ޚާންގެ އަންހެން ދަރިފުޅު އީރާ ވެސް ހިމެނެއެވެ. އީރާ ވެސް ތައުރީފުކޮށްފައި ވަނީ ސާރާ ތުންފަތުގައި ޖައްސާފައި ހުރި ލިޕްސްޓިކަށެވެ.

މަދު މަދުން ފެންނަ ކުލައަކަށް ވިޔަސް، ނޫ ކުލައަކީ ވެސް ލިޕްސްޓިކް ޓްރެންޑެކެވެ. މީގެކުރިން މި ކުލައިގެ ލިޕްސްޓިކް ޖައްސައިގެން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ތަރިންތަކުގެ ތެރޭގައި ބޮލީވުޑް ބަތަލާ އައިޝްވާރިޔާ ރާއީ އާއި، އެމެރިކާގެ ލަވަކިޔުންތެރިޔާ ރިއާނާ އަދި ކެޝާ ފާހަގަކޮށްލެވެއެވެ.

އައިޝްވާރިޔާ
ރިއާނާ
ކެޝާ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!