އިންޑިއާއިން ޕަބްޖީ މަނާކުރުމާއެކު އަކްޝޭ ބުނީ ދެން ކުޅެންވީ ފައުޖީ ކަމަށް!

މީގެ ދެ ދުވަސް ކުރިން އިންޑިއާއިން ޕަބްޖީ ގޭމް ކުޅުން މަނާކޮށްފައިވާއިރު، އެ ގޭމާއި ވައްތަރު ގޭމެއް އިންޑިއާއިން ނެރުމަށް ތައްޔާރުވަމުންދާ ކަމަށް އިންޑިއާގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ހާމަކޮށްފިއެވެ.

އަކްޝޭ މިއަދު ކުރި ޓްވީޓެއްގައި ބުނީ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޕްބްޖީ މަނާކުރި ކުރުމަށް ތާއީދުކުރާ ކަމަށާއި، އިންޑިއާގެ ދުޝްމަނުންގެ ކިބައިން އެ ގައުމު ދިފާރު ކުރުމަށް އިންޑިއާގެ އަސްކަރީ ސިފައިން ކުރަމުންދާ މަސައްކަތް ދައްކުވައިދޭ އެކަޝަން ގޭމް “ފައުޖީ” ތައާރަފް ކޮށްދެވޭތީ ފަހުރުވެރިވާ ކަމަށެވެ. މި ގޭމް ވަރަށް އަވަހަށް ރިލީޒަކުރާނެ ކަމަށް އަކްޝޭގެ ޕޯސްޓަރުގައި ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އަކްޝޭ ބުނީ “ފައުޖީ” ގޭމުން ލިބޭ 20އިންސައްތަ ފައިދާ ހަދިޔާ ކުރާނީ އިންޑިއާގެ ދިފާއުގައި މަސައްކަތް ކުރާ ސިފައިންނަށް ހާއްސަކޮށްފައިވާ ބާރަތް ކީ ވީރު ޓްރަސްޓް ފަންޑަށް ކަމަށެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮރމޭޝަން ޓެކްނޮލޮޖީން މީގެ ދެދުވަސް ކުރިން ވިދާޅުވީ ޗައިނާގެ ކުންފުނިތަކަށް ނިސްބަތްވާ މަޝްހޫރު މޮބައިލް ގޭމް ޕަބްޖީ މަނާކުރުމަށް ނިންމީ އިންޑިއާގެ ޤައުމީ ސަލާމަތަށް އޭގެ ސަބަބުން ނުރައްކާ އޮތްކަމަށް ބަލާފައިކަމަށްވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!