ބޮލައްތުރާވެގެން އަނެެއްކާވެސް ކަރީނާ ނެޕޮޓިޒަމް ގެ ވާހަކަ ދައްކައިފި

ބޮލީވުޑުގެ ތެރޭގައި ހިގަނމުންދާ ނެޕޮޓިޒަމްގެ ބަހުސްއާއިއި ގުޅިގެން ކަރީނާ ކަޕުރުގެ ހިޔާލު އަނެއްކާވެސް ފާއަޅުކޮއްފިއެވެ. މީގެ ކުރިންވެސް ފިލްމީތަރިންގެ ދަރިން ކުރިއަރަނީ އެމީހުންގެ އަމިއްލަ ހުނަރުންކަމަށް ބުނެ އެކަމަށް ބާޜުލިބޭ އެތަށް ވާހަކައެއް ކަރީނާ ވަނީ ދައްކާފައެވެ.

ދާދި ފަހުން އަނޫޕަމާ ޗޯޕްރާ އާއި އެކު ކަރީނާ ކުރިއަށް ގެންދިޔަ އިންޓަވިއުއެއްގެ ތެރެއިން ކުރެވުނު ސުވާލު ތަކަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ނެޕޮޓިޒަމް އަކީ އުދުހެވޭނެ އެއްޗެއް ނޫންކަމަށެވެ. އަދި ނެޕޮޓިޒަމްގެ ސަބަބުން ވަކި ކުރިއެރުމެއް ނުލިބޭނެ ކަމަށްބުނަމުން ކަރިނާ ބުނެފައިވަނީ މިހާރު ފިލްމު އިންޑަސްޓްރީ ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ. 1990ގެ އަހަރުތަކުގައި އެފަދަ ކަންކަމާ ކުރިމަތިލާން ޖެހިފައި އޮތްނަމަވެސް މިހާރު ފިލްމު ހަދާމީހުން ސުޓާރުން ނަގަނީ ސުކުރީން ޓެސްޓެއް ހެދުމަށްފަހު އެރޯލަކަށް އެކަށީގެންވާނަމައެވެ.

އޭނާ މިހާރު ކުޅެމުންދާ ލާލް ސިންގު ޗައްޑާ އަށް އޭނާ ހޮވާފައިވަނީވެސް ސުކުރީން ޓެސްޓު ހެދުމަށްފަހު ޕޮރޮޑިއުސާއަށް އެބައި އަދާކުރެވޭނެ ކަމުގެ %100 ޔަޤީންކަން ލިބުމުންކަމަށް ކަރީނާ ބުނެއެވެ. އަދި އެ ޔަޤީންކަން ނެތްނަމަ އެހެން ސުޓާރެއް އިޙުތިޔާރު ކުރުމަކީ ޕްރޮޑިއުސަރަށް ލިބިގެންވާ ހައްޤެއް ކަމަށާއި އެކަމަކާ އޭނާގެ ޝަކުވާއެއް ނޯންނާނެކަމަށް ކަރީނާބުނެއެވެ.

އިތުރަށް ކަރީނާ ބުނެފައިވަނީ މައިންބަފައިން ކާމިޔާބު ވުމަކީ ދަރިންނަށްވެސް ކާމިޔާބު ލިބުނީކަމުގައި ނުބެލެވޭނެކަމަށެވެ. ކަރީނާ އާއި ސައިފުގެ ދަރިފުޅު ތައިމޫރު މިސާލަކަށް ނަގަމުން އޭނާ ބުނެފައިވަނީ އޭނާ މުސްތަޤުބަލު ކަނޑައަޅާނީ އޭނާ އަމިއްލައަށްކަމަށެވެ. އަދި ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވާނީވެސް އަމިއްލަ މަސައްކަތުން ކަމަށެވެ. ކޮންމެ ރޮގެއް ހިޔާރުކުރިޔަސް އެހެން މައިންބަފައިން ފަދައިން ކަރީނާގެ ޒިންމާއަކީ ރަގަނޅުގޮތް ދަސްކޮށް ދިނުމާއި ހެޔޮ ދުޢާ ކޮއްދިނުމެވެ. މިހާރުވެސް ކުރަމުން މި އަންނަނީ އެމަސައްކަތްކަމަށް ކަރީނާ މި އިންޓަވިއުގައި ވަނީ ބުނެފައެވެ.

ދެވަނަ ދަރިއަކަށް މަރުޙަބާ ކިޔުމަށް ތައްޔާރުވަމުންއަންނަ ކަރީނާ ކަޕޫރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ލާލް ސިންގު ޗައްޑާއިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!