އެމްއެންޔޫ ރިސާޗް ގްރާންޓްގެ ގޮތުގައި ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ

ދިރާސާ ކުރުމަށް ގައުމީ ޔުނިވާސީޓީ އިން ތިން މުވައްޒަފަކަށް ރިސާޗް ގްރާންޓު އެހީގެ ގޮތުގައި 5,44.085 ރުފިޔާ ދޫކޮށްފިއެވެ.

ރިސާޗް ގްރާންޓް ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަކޮށްގެން ބުރާސްފަތި ދުވަހު ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރިސާޗް ޕްރޮޖެކްޓް ހިންގަން ބޭނުންވާ މުވައްޒަފުން ހުށައެޅި ނުވަ ޕްރޮޕޯސަލް ގެ ތެރެއިން ގްރާންޓުގެ އެހީ ދީފައިވަނީ ތިން ޕްރޮޕޯސަލްއަށެވެ.

އެމްއެންޔޫ އިން ބުނީ، ދެން އެންމެ އަވަހަށް ރިސާޗް ގްރާންޓު ދޫކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަސްތެރޭގައި ކަމަށެވެ. އެ ގްރާންޓަށް އެދޭ އެކަޑަމިކް މުވައްޒަފުން ނުވަތަ ރިސާޗް ސްޓޫޑެންޓުން އޮކްޓޫބަރު މަހުގެ ކުރިން ޕްރޮޕޯސަލް ހުށައަޅަން ޖެހޭނެ ކަމަށް އެމްއެންޔޫ އިން މައުލޫމާތުދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!