ރައީސް ސޯލިހްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ރާއްޖޭގެ ޓީވީ ޗެނެލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލް ޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީީ ރާޢްޖޭގެ ޓީވީ ޗެނަލްއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ރައީސް ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ޕީޕީއެމްގެ ސަޕޯޓަރެއް ޗެނަލް13 ގެ ޕްރޮގްރާމެއްގައި ގޮވާލާފައިވާއިރު މީހުން މެރުން، މާރަމާރީ، ޓެރަރިޒަމް ލޭއޮހޮރުވުން ފަދަ ޖަރީމާތައް މޮޅު ނުވަތަ ރަނގަޅު ކަންކަން ކަމަށް ދޭހަވާ ގޮތަށް ބްރޯޑްކާސްޓް ކޮށްގެން ނުވާނެ ކަމަށް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓް ގައިވެއެވެ.

ޗެނަލް13 ގެ ބައެއް ޕްރޮގްރާމްތަކުގައި އާންމު އިޖްތިމާއީ މިންގަނޑަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުންދާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ސްޓޭޝަނަށް އެތައް ފަހަރެއްގެ މަތިން ވަނީ ނަސޭހަތްތެރިވެފައެވެ.

އެގޮތުން ބްރޯޑްކޮމްއިން ވަނީ އެސްޓޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، ގަވާއިދާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް އެ ސްޓޭޝަނަށް އިލްތިމާސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!