އިންކަމް ސަޕޯޓް އެލަވަންސް ދީފައިވަނީ ރަނގަޅަށް: އޮޑިޓް

ކޮވިޑް-19 އާ ގުޅިގެން ވަޒީފާގައި އުޅޭ ފަރާތްތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ދިނުމުގެ އުޞޫލު” އަދި “ވެރިފިކޭޝަން ގައިޑްލައިން ފޯ އިންކަން ސަޕޯޓް ޕްރޮގްރާމް” އާ އެއްގޮތަށް ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދަ ކުންފުނިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޓިޑް ރިޕޯޓުގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ޚާއްސަ އިނާޔަތެއް ދިނުމުގެ މަޤުސަދުގައި، “ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް ދިނުމާގުޅޭ އުސޫލު” ގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި އުސޫލުގެ ދަށުން ޝަރުތު ފުރިހަމަވާ ފަރާތްތައް ކަނޑައަޅައި، ކަމާގުޅޭ އެނޫން ވެސް ކަންކަން ނިންމަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ ފަރާތްތަކަށް އެލަވަންސް ދޫކޮށްފައިވަނީ އެންސްޕާއިންނެވެ. މި ފައިސާ ޚަރަދުކުރަމުން ގެންގޮސްފައިވަނީ ކޮވިޑް-19 ރެސްޕޮންސް ޓްރަސްޓް ފަންޑުންނެވެ. 30 ޖޫން 2020 ގެ ނިޔަލަށް، އިންކަމް ސަޕޯޓް އެލަވަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 2506 ފަރާތަކަށް ޖުމުލަ 10،049،378 (ދިހަ މިލިއަން ސާޅީސް ނުވަ ހާސް ތިން ސަތޭކަ ހަތްދިހަ އަށެއް) ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވެއެވެ.

ދޫކޮށްފައިވާ ފައިސާގެ ތަފްސީލުތަކަށް ބަލާ އިރު، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ 2042 ފަރާތަކަށް 7،787،447 (ހަތް މިލިއަން ހަތްލައްކަ އަށްޑިހަ ހަތްހާސް ހަތަރުސަތޭކަ ސާޅީސް ހަތް) ރުފިޔާ އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ 464 ފަރާތަކަށް 2،261،931 (ދެ މިލިއަން ދެލައްކަ ފަސްދޮޅަސް އެއްހާސް ނުވަސަތޭކަ ތިރީސް އެއް) ރުފިޔާ ދީފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!