ޔެސް ފުނަދޫ އިން އެ ރަށުގެ މުއައްސަސާތަކަށް މާސްކާއި ސެނެޓައިޒާ ހަދިޔާކޮށްފި

ޔޫތް އެމްޕަރވަމެންޓް ސޮސައިޓީ (ޔެސް-ފުނަދޫ) ޖަމިއްޔާއިން އެ ރަށުގެ ތިން މުއައްސަސާއަކަށް މާސްކް އަދި ސެނަޓައިޒާ ހަދިޔާ ކޮށްއެވެ.

ޔެސް ފުނަދޫ ޖަމިއްޔާއިން ރާއްޖެ އެމްވީ އާއި ވާހަކަ ދައްކަމުން ބުނީ އެ ޖަމިއްޔާއިން ރަށުގެ ތިން މުއައްސަސާ ކަމަށްވާ ފުލުހުންނަށާއި، އެ ރަށު ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް އަށާއި، ސްކޫލަށް ސެނެޓައިޒާ އަދި މާސްކު ހަދިޔާ ކޮށްފައިވާނެ ކަމަށެވެ.

ޔެސް ޖަމިއްޔާއިން ބުނީ އެ ރަށު ޒުވާނުން އިސްނަގައިގެން ރަށުގެ މުއައްސަސާތަކަށް މާސްކް އަދި ސެނަޓައިޒާ ބަހަމުން ގެންދަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެ މުއައްސަސާތަކުން ކުރަމުން ގެންދާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!