ޕީޖީ އޮފީހަށް 12 އަހަރު!

މަސައްކަތް ކުރަނީ ޕީޖީ އޮފީހަކީ އަބަދުވެސް ޤާނޫނާއި އެއްގޮތަށް އަމަލުކުރާ މުއައްސަސާއެއްގެ ގޮތުގައި ދެމެހެއްޓޭތޯ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިފަދައިން ވިދާޅުވެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން ޕީޖީ ވަނި އެ އޮފީހަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި އެ އޮފީހުގެ ކުރިއާއި މިހާރުގެ މުއައްޒަފުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކޮށްފައެވެ. އަދި ވިދާޅުވެފައިވަނީ މަސައްކަތްކުރަމުން އަންނަނީ ޕީޖީ އޮފީހަކީ އަބަދުވެސް ހުރިހާ ހާލަތެއްގައި ވެސް ޤާނޫނާ އެއްގޮތަށް އަމަލުކުރާ އިތުބާރާއި އެކު ހިދުމަތްދޭ މުއައްސަސާއެއްގެ ގޮތުގައި ދެމެހެއްޓޭތޯ ކަމަށެވެ. 

2008 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބުރަ ނުވާ މުސްތަޤިއްލު ޕްރޮސިކިއުޓަރ ޖެނެރަލެއް ހުންނަންވާނެ ކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅުމާ ގުޅިގެން، އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ޕީޖީ އޮފީސް އުފެދިގެން ދިޔައެވެ. އަދި ފުރަތަމަ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛް އަޙްމަދު މުޢިއްޒު ޢައްޔަންކުރެވިގެން ދިޔައީ ވެސް ހަމަ އެ ދުވަހުއެވެ.

އޭގެ އިތުރުން، ޖެހިގެން އައި އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މިހާރުގެ ޕީޖީ ހުސައިން ޝަމީމް އައްޔަނު ކުރެވިގެން ދިޔައެވެ.

ޕީޖީ އޮފީހަށް 12 އަހަރު ފުރުން ފާހަގަ ކުރަމުންދާއިރު، ޕީޖީ އޮފީހާމެދު ރައްޔިތުންގެ މެދުގައި އިތުބާރު އުފައްދައި، އެ މުއައްސަސާ ހަރުދަނާ ކުރުމަށް މިހާރުގެ ޕީޖީ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!