ގަޟާގަދަރަށް އީމާންވާ މީހަކު ދަތި އުނދަގޫކަމެއް ދިމާވުމުން ބަލިކަށިވެގެން ނުދާނެ: ހުކުރު ހުތުބާ

އަމާން ކަމުގެ އަސާއަކީ ތަޤްވާވެރި ވުންކަމަށް ބުނެ މިއަދުގެ ހުކުރު ހުތުބާގައި ގަޟާ ގަދަރަށް އީމާންވުމަކީ އެމީހެއްގެ ހަޔާތް ހިންހަމަ ޖެހުމާއެކު ހޭދަކުރުމަށް އެޅޭ ބިންގަލެއް ކަމުގައި އަލިއަޅުވާލައިފިއެވެ.

މަތިވެރި ކަމާ ދަރަޖަ އުފުލިގެން ދަނީ ތަޤްވާވެރި ވުމުގެ ސަބަބުންކަމަށާއި އީމާންކަމުގެ ހަ ރުކުނަށް އީމާންވުމުގެ މުހިއްމު ކަމުގެ ވާހަކަ ހުކުރު ހުތުބާގައިވަނީ ފާހަގަ ކޮށްފައެވެ. އަދި ކީރިތި ގުރުއާނާ ރަސޫލާގެ ސުންނަތުން މިކަމަށްދަލީލު ލިބޭކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

އަދި އެފަދަ މީހަކު ގުޑުގުޑު އަޅައިގެން ނުދާނެ ކަމަށާއި ދަތި އުނދަގޫ ކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެކަމަށް ބުނެފައިވެއެވެ.

މިންވަރަށް އީމާންވުމަކީ އޭގެ ސަބަބުން އަޅާއަށް ސުވަރުގެ ވަނުމަށް މަގުފަހި ވެގެން ދާނެ ކަމެކެވެ. އަދި ފެންނަ ތަކެއްޗާ ނުފެންނަ ތަކެތީގައިވެސް މާތް ﷲގެ ކުޅަދުންވަންތަކަމާއި ދެނެވޮޑި ގަތުން ޝާމިލްވެއެވެ.

މީގެ އިތުރުންވެސް ހުތުބާގައިވަނީ މާތް ﷲ އީ ހުރިހާކަމެއް އައްސަވާ އަދި ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެ ކަމާ އަބަދުމެ، އެކަލާނގެ ހަނދުމަ ކުރުމަކީ ނަފްސުތަކަށް ހިންހަމަ ޖެހުން ގެނުވާނެކަމަށް ބުނެފައެވެ.

މިކައުނުގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ އެކަލާނގެ އިރާދަ ފުޅުގެ މަތިންކަމަށްވެސް ހުތުބާގައި އަލިއަޅުއްވާފައި ވެއެވެ. އެގޮތުން މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ހަމަ ކަށަވަރުން. ކަލޭގެފާނުންގެ ވެރި ރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ.”

އަބަދުމެ ކެތް ތެރިވުމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!