ގެއްލިގެން ދިޔައީ ވަފާތެރި ހިދުމަތްތެރިއެއް: ގާސިމް

ގެއްލިގެން ދިޔައީ ޖުމްހޫރީ ޕާޓީ އަށާއި ގައުމަށް ގިނަ ގުނަ ހިދުމަތް ކުރައްވާފައިވާ ވަފާތެރި ބޭކަލެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދު ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޓުވިޓާރ މެދުވެރިކޮށް ޤާސިމް އިބްރާހިމް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އެޕާޓީ ނެރެފައިވާ ބަޔާން ހިއްސާކުރަމުން ޤާސިމް ވިދާޅުވީ ހުސެން މުހައްމަދު އަވަހާރަ ވުމުން އެއީ ޕާޓީ އަށްލިބުނު ވަރަށް ބޮޑުނިކަމަތި ކަމެއްކަމަށާއި އެއީވަރަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރެއްވި ވަރަށް ޤާބިލް ވަރަށް ޒިންމާދާރު ބޭކަލެއްކަމަށެވެ. އަދި އެއީ ޕާޓީ އަށާއި ޙުދު ޤާސިމްއަށްވެސް ގެއްލިގެންދިޔަ ވަފާތެރި ހިދުމަތްތެރިއެއް ކަމަށެވެ.

ހުސައިން މުހައްމަދަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހިދުމަތް ކުރެއްވެމުގެ އިތުރުން ނޫސްވެރިކަން ކުރިއެރުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރެއްވުމުގެ މުފައްކިރެއްގެ ގޮތުގައި 30 އަހަރުގެ ޢިލްމީ ތަޖުރިބާއަށްފަހު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވީ 2005 ވަނަ އަހަރުގައެވެ. އަދި ރައްޔިތުންގެ މަޖިލިސްގެ މަތިވެރި ދާއިރާގެ މެންބަރުކަން 2009 ވަނަ އަހަރުން 2019 ވަނަ އަހަރަށް ހުސެން ވަނީ ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!