ހޯމް ކަރަންޓީން އިން 4 މީހަކު އަދި ރެންޑަމް ސާމްޕްލިންގގެ ތެރެއިން 2 މީހަކު ޕޮޒިޓިވްވެ، ހޯނޑެއްދޫ މޮނިޓަރިން އަށް

ރެންޑަމް ސާމްޕްލިނގްގެ ތެރެއިން ދެ މީހަކު ކޮވިޑް-19ށް ޕޮޒިޓްވުމާއި އެކު ގދ. ހޯނޑެއްދޫ މޮނިޓަރިންގ ހާލަތަށް ލައިފިއެވެ.

މޮނިޓަރިންގ ހާލަތަށްލައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ކައުންސިލް އިދާރާއަށް އަންގާފައިވާގޮތުން، މޮނިޓަރިންގ ހާލަތަށް ލާފައިވަނީ ކޮވިޑާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ. އެގޮތުން، ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދައާއި ނުލައި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

3 ސެޕްޓެމްބަރުގައި ހޯނޑެއްދޫ މޮނިޓަރިންގ ހާލަތަށް ލާފައިވާއިރު، އެޗްޕީއޭއިން ވަނީ ދައުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ހިއްސާކުރަމުން ހޯނޑެއްދޫ ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ޝިފާއު ވިދާޅުވީ، އެންމެ ފުރަތަމަ ރަށުން ޕޮޒިޓިވްވި 4 މީހުންނަކީ ފުރަބަންދު ފުރިހަމަކޮށް ރިލީޒް ސާމްޕަލް ނަގައި ނަތީޖާ ލިބުނު އިރު ޕޮޒިޓިވްވި މީހުންކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރަށުގެ ހެލްތް ސެންޓަރަށް ހުންއައިސްގެން މީހުން ޑޮކްޓަރަށް ދައްކަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޝިފާއު ވިދާޅުވީ 4 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއި އެކު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރެންޑަމް ސާމްޕަލް ހެދުމަށް ނިންމިކަމަށެވެ. އެގޮތުން، ކުރި 3 ސާމްޕަލްގެ ތެރެއިން 2 މީހަކު ބައްޔަށް ޕޮޒިޓިވްވިކަމަށެވެ.

ޝިފާއު ވަނީ މި ދަނޑިވަޅުގައި، ކަމާގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކާއި ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދީ ބަލިން ރައްކާތެރިވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ޖުމްލަ 39 ރަށަކުން ކޮވިޑް-19ގެ ކޭސްތައް ވަނީ ފެނިފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!