ނޫސްވެރިކަމަށް އަލަށް ވަންނަ މީހުންނަށް ޕްރޮގްރާމެއް ހިންގަނީ

ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް އަސާސީ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމެއް ފަށަން ނިންމައި އެ ޕްރޮގްރާމުގައި ބައިވެރިވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްްއެމްސީ)އިން ހުޅުވާލައިފިއެވެ.

“ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް” ގެ ނަމުގައި ހަފްތާއެއްގެ މުއްދަތަށް ހިންގަން ނިންމާފައިވާ އެ ޕްރޮގްރާމް ފަށާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޖެހޭނީ އޮންލައިން ފޯމެއް ފުރިހަމަ ކުރާށެވެ. އެ ފޯމު ހުށަހަޅަން ޖެހޭނީ ސެޕްޓޭމްބަރު 10ގެ 14:00ގެ ކުރިންނެވެ.

ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް މީޑިއާ ކައުންސިލުން ހާއްސަ ސެޓްފިކެޓެއް ދޭން ވަނީ ނިންމައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!