ހުސައިންއަކީ އުނދަގޫ ވަގުތުގައި ވެސް ހެޔޮ ލަފާ ދެއްވި އެކުވެރިއެއް: ރައީސް

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ގ. ލިއެނާ، ހުސެއިން މުހައްމަދު (ހުސެންބެ) އަވަހާރަވުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށާއި އޭނާ އަކީ ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް ކަމަށެވެ.

ހުސެން މުހައްމަދު އަވަހާރަވީ ޓްރީޓޮޕްގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އުމުރުފުޅުން 71 އަހަރުގެ ހުސެން މުހައްމަދު އަވަހާރަވި އިރު އޭނާ ވަނީ ތައުލީމީ ދާއިރާއިންނާއި ސިޔާސީ އަދި މީޑިއާގެ ދާއިރާއިން ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!