ކެޓްރީނާގެ އިސްތަށިގަނޑުގެ ސިއްރަކީ މިއީ!

ކެޓްރީނާ ކައިފް އަކީ ބޮލީވުޑްގައި މިވަގުތު ތިބި އެންމެ ރީތި ބަތަލާއިންގެ ތެރެއިން އެކަކެވެ. އަދި ކެޓްރީނާގެ ރީތިކަން އިތުރުކޮށްދޭ އެކައްޗަކީ، އޭނާގެ ރީތި ފަން އިސްތަށިގަނޑެވެ. 37 އަހަރުގެ ބަތަލާ ދާދިފަހުން ވަނީ އޭނާގެ އިސްތަށިގަނޑު ރީތިކޮށް އޮތުމުގެ ސިއްރު ހާމަކޮށްފައެވެ.

އެގޮތުން ކެޓްރީނާ ބުނީ، އޭނާ ގެންގުޅޭ ސިއްރަކީ ކޮންމެ ދުވަހަކު އިސްތަށިގަނޑު ދޮވުން ކަމަށެވެ. “އަހަރެންގެ އިސްތަށިގަނޑު ވަރަށް ފަސޭހަ ވާނެ ގެންގުޅެން. އެހެންވެ ދޮވެގެން އައިސް އަމިއްލައަށް ބްލޯ ޑްރައި ކުރަނީ”، ކެޓްރީނާ ކިޔައިދިނެވެ.

މީގެ އިތުރުން ކެޓްރީނާ ބުނީ، އާންމުކޮށް އިސްތަށިގަނޑު ދިގު މީހުން ކޮންމެދުވަހަކު އެމީހުންގެ އިސްތަށިގަނޑު ނުދޮންނަ ކަމަށާއި، ނަމަވެސް އޭނާ ބަލަނީ އެންމެ ދުވަހެއް ވެސް ވައްޓާނުލައި އިސްތަށިގަނޑު ދޮވެވޭތޯ ކަމަށެވެ. “އަހަންނަށް ހީވަނީ އިސްތަށިގަނޑު ސާފުކޮށް ގެންގުޅެންޏާ ބޭޑް ހެއާ ޑޭ އެއް ނާންނާނެ ކަންނޭނގެ”، ކެޓްރީނާ ބުންޏެވެ.

“އާން، މިއީ ވަރަށް ހިތްވަރު ހުރެގެން ވާނެ ކަމެއް، އެކަމަކު މި ނޫން ގޮތެއް އަހަންނަކަށް ކަމަކު ނުދޭ”، ކޮންމެދުވަހަކު އިސްތަށިގަނޑު ދޮވުމާ ބެހޭގޮތުން ކެޓްރީނާ އިތުރަށް ބުންނެވެ.

ކެޓްރިނާގެ ކުރިއަށް އޮތް ފިލްމަކީ ރޯހިތު ޝެޓީގެ “ސޫރިޔަވަންޝީ” އެވެ. މި ފިލްމުގައި ކެޓްރީނާގެ އިތުރުން މުހިއްމު ރޯލުތަކުން ފެނިގެންދާނީ އަކްޝޭ ކުމާރާއި، އަޖޭ ދޭވްގަން އަދި ރަންވީރް ސިންގެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!