ވައިރަލް ވެގެން އުޅޭ ޑައިލޮގުތައް ކޮކީލާ ރީކްރިއޭޓް ކޮށްފި، މަޖާ ދޯ!

މީސް މީޑިއާގައި ދާދިފަހުން ވައިރަލް ވެގެން ދިޔަ “ސާތު ނިބާނާ ސާތިޔާ” ގެ ޑައިލޮގުތަކުގެ މަޖަލުގައި ޚުދު “ކޮކީލާބެން” ވެސް ބައިވެރިވެއްޖެއެވެ.

ޓުވިޓާގައި އާންމުވެގެން އުޅޭ ވީޑިއޯއިން ފެންނަނީ، ކޮކީލާގެ ރޯލު ކުޅުނު ރޫޕަލް ޕަޓޭލް އެ ސީންތައް އަލުން ރީކްރިއޭޓް ކުރާ މަންޒަރެވެ. އަދި ޑައިލޮގުތައް ކިޔުމުގައި، ވައިރަލް ވެގެން އުޅޭ ލަވައިގެ ރާގަށް ކިޔާފައި ވާތަން ވެސް ފެނެއެވެ.

“ރަސޯޑޭ މޭ ކޯންތާ” (“ބަދިގޭގައި ހުރީ ކާކު”) ހޭ ކިޔައިގެން ސާތިޔާ ޑްރާމާގައި ކޮކީލާ ކޮށްފައިވާ ވަރުގަދަ ސުވާލު ބޮޑު މީމް އަކަށް ވެގެން އުޅެނީ، ޔަޝްރާޖް މުކާޓޭ ކިޔާ މީހަކު އެއަށް ލަވައެއް ހެދުމުންނެވެ. އަދި އޭގެފަހުން އެކަންތައް ބޮޑު މަޖާގަނޑަކަށް ވެ، ގިނަ ތަރިންތަކެއް ވެސް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ކާރްތިކް އާރްޔާން، ދިޝާ ޕަޓާނީ އަދި ރާޖްކުމާރް ރާއޯ ހިމެނެއެވެ.

މީގެ ތިން އަހަރު ކުރިން ނިންމައިލި ސްޓާ ޕްލަސްގެ “ސާތު ނިބާނާ ސާތިޔާ” ސިލްސިލާއަށް މި ލޮކްޑައުން ތެރޭގައި ލިބުނު ކުއްލި މަޤުބޫލުކަމާއެކު، އޭގެ ދެވަނަ ސީޒަނެއް ހަދަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ވަނީ އޭގެ ޕްރޮމޯއެއް ވެސް ދައްކާލައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!