އަހަރެން ކުޑަކޮށް ފަލަވެލާ އިރަށް ބަނޑުބޮޑުވީއޭ ކިޔައިގެން ޙަބަރު ފަތުރާތީ ވަރަށް ފޫހިވޭ: ބިޕާޝާ

ބޮލީވުޑް އެކްޓްރެސް ބިޕާޝާ ބާސޫ އާއި މޮޑެލް/އެކްޓަރު ކަރަން ސިންގް ގްރޯވާ ކައިވެނި ކޮށްގެން އުޅޭތާ 4 އަހަރު ވެފައިވާއިރުވެސް، އެ ކައިވެންޏަށް ދަރިއަކު ނުލިބޭތީ އެމީހުންގެ ފޭނުންނާއި ބައެއް މީޑިއާތަކުން ވެސް ދޭތެރެ ދޭތެރެއިން ސުވާލު އުފައްދަމުން އާދެއެވެ. އަދި އެ ދެމަފިރިން ވަނީ ދާދިފަހުން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ.

އެގޮތުން ‘ޕިންކްވިލާ’ ގެ ސެގްމެންޓަކަށް ދިން އިންޓަވިއުއެއްގައި ކުރެވުނު ސުވާލަކަށް ޖަވާބުދެމުން ބިޕާޝާ ބުނީ، ބަނޑުބޮޑު ކަމަށްބުނެ ފަތުރާ ވާހަކަތަކުން ރުޅި އަންނަ ކަމަށެވެ. “އަހަރެން ހަމަ ކިރިޔާވެސް ބަރުދަން އިތުރުވާ އިރަށް މީހުން ޙަބަރު ފަތުރަން ފަށާނެ ބަނޑުބޮޑުވީއޭ ކިޔައިގެން”، ބިޕާޝާ ބުންޏެވެ.

ބިޕާޝާއާއި ކަރަން މީގެކުރިން ދިން އިންޓަވިއުއެއްގައި ވެސް ވަނީ ދަރިއަކު ހޯދުމާ ބެހޭގޮތުން އަލިއަޅުވައިލާފައެވެ. އެގޮތުން، ކުއްޖަކު އެޑޮޕްޓު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އޭރު ބުނެފައިވެއެވެ. “ދަރިންނަކީ އެމީހަކު ބޭނުންވާ އިރަށް ލިބޭ އެއްޗެއް ނޫން. އެއީ އެއަށްވުރެ މާ މަތީ ފަރާތަކުން ދެއްވާ އެއްޗެއް”، ކަރަން އޭރު ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!