މިފަހަރު ސޯނޫގެ އެހީ ތައުލީމީ ދާއިރާއަށް

މަޝްހޫރު ފިލްމު ސުޓާރ ސޯނޫ ސޫދު އަންނަނީ ކޮވިޑް-19 އާއި ގުޅިގެން ތަފާތު އެކި ގޮތްގޮތުން ހާލުގައި ޖެހިފައިތިބި މީހުނަށް އެހީވަމުންނެވެ.

އެގޮތުން ސޯނޫ އެންމެ ބޮޑަށް އެހީތެރިވެދީފައިވަނީ ހާލުގައި ޖެހިފައި ތިބި ރަށްރަށުން އައި މަސަތްކަތްތެރިންނަށެވެ. ހަމައެހެންމެ ސޯނޫވަނީ އެކި ގައުމުތަކުގައި ތިބި އިންޑިއާގެ ރައްޔިތުންނާއި ކިޔަވާކުދިން ލޮކްޑައުންގެ ތެރޭގައި އިންޑިއާއަށް ގެނައުމުގެ މަސައްކަތްވެސް ކޮށްދީފައެވެ. އަދި ވީވަރަކުން ވަޒީފާ ނެތް މީހުންނަށް ވަޒީފާވެސް ވަނީ ހޯދާދީފައެވެ.

މިފަހަރު ސޯނޫ އަމާޒު ހިފާފައިހުރީ ތައުލީމީ ދާއިރާއަށް އެހީތެރިވުމަށެވެ. އެގޮތުން ސޯނޫ ކުރި ޓްވީޓެއްގައި ބުނީ ތައުލީމީ ދާއިރާ އާއި ގުޅޭ ވަރަށް ބޮޑު ސަޕްރައިސްއެއް އެބަ އޮތް ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!