ރަޝިއާއިން ރާއްޖެއަށް ދަތުރުތައް ފަށަނީ

ރަޝިއާއިން ރާއްޖެ އަށް އަލުން ދަތުރުތައް ފަށަން ނިންމައިފި އެވެ.

ރާއްޖެ އަށް ހަފުތާއަކު ދެ ފްލައިޓް އޮޕަރޭޓްކުރުމުގެ ހުއްދަ ރަޝިޔާގެ ސަރުކާރުން ވަނީ ދެއްވާފަ އެވެ.

ރަޝިއާ ސަރުކާރުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިތުރުން މިސްރާއި ދުބާއީ އަށް ފްލައިޓުތައް އޮޕަރޭޓު ކުރުމުގެ ހުއްދަ އަލުން ދީފައިވާ ކަމަށެވެ. އެގޮތުން، މިސްރުގެ ގާހިރާ އަށް ހަފުތާއަކު ތިން ފްލައިޓު ބާއްވާއިރު ރާއްޖެ އާއި ދުބާއީ އަށް ހަފުތާއަކު ދެ ފްލައިޓު އޮޕަރޭޓުކުރާނެކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރިތާ ހަތަރު މަހެއްހާ ދުވަސް ފަހުން އަލުން ހުޅުވާލީ ޖުލައި 15 ގަ އެެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!