އަޒޫ އާއި ސައީދުގެ ކައިވެންޏަށް 4 އަހަރުފުރުން ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފި

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ ފާތިމަތު އާޒިފާ (އަޒޫ) އާއި އަހުމަދު ސައީދު ކައިވެޏަށް 4 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.

މި ދެމަފިރިންގެ ކައިވެންޏަށް 4 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، މި ދެމީހުން މިކަން މި ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެވެ. ކައިވެންޏަށް 4 އަހަރުފުރުން ކުލަގަދަގޮތަކަށް ގޭގައި ފާހަގަކޮށް، މި މަންޒަރުތަކުގެ ފޮޓޯއާއި ވީޑިއޯ ވަނީ މި ދެމީހުންގެ މީސްމީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފައެވެ.

މީގެ 4 އަހަރު ކުރިން ކުރި މި ކައިވެންޏަށް ވަނީ ލޯބި ލޯބި އަންހެން ކުއްޖަކު ލިބިފައިއެވެ. ސައީދު ވަނީ މީގެ ކުރިން ކައިވެންޔެއް ކޮށްފައިއެވެ. އެކައިވެނިން އޭނާ އަށް ވަނީ ދެ ކުދިންލިބިފައިއެވެ. މީ އަޒޫގެ ފުރަތަމަ ކައިވެންޔެވެ. މީ ވަރަށް ލޯބިން އުޅޭ ޖޯޑެއްގެ ގޮތުގައި ފާހަގަވާ ދެ ފަންނާނުންނެވެ. އަދި ހަމަ އެހެންމެ ސޯޝަލް މީޑިއާ އާއި ވެސް ވަރަށް ރައްޓެހި ދެ ތަރިންވެސް މެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!