ފުރަބަންދަށްފަހު ސޮނާލީ މަސައްކަތަށް!

ކޮވިޑް 19 ގެ ސަބަބުން ގިނަ ދުވަސްތަކަކަށްފަހު ފުރަބަންދުގައި ހުރުމަށްފަހު އަލުން މަސައްކަތަށް ނިކުމެފައިވާކަމަށް ބޮލީވުޑުގެ މަޝްހޫރުތަރި ސޮނާލީ ބެންޑްރޭ ހާމަކޮއްފިއެވެ.

ޓުވިޓާ މެދުވެރިކޮށް ނިއު ނޯމަލްގައި ޝޫޓިންއަށް ދިއުމާއި ސެޓްގެ ތެރޭގައި ކަންކަން ހިގަމުންދާގޮތުގެ ވީޑިއޯއެއް ހިއްސާ ކުރަމުން ސޮނާލީ ބުނެފައިވަނީ އަލުން މަސައްކަތްފަށާފައިވާކަމަށެވެ.

މި ފުރަބަންދަކީ ވަރަށްގިނަ އައު ކަންތަށްތަށް ދަސްކުރުމަށް ލިބުނު ފުރުސަތެއް ކަމަށްބުނެ މީގެކުރިން ލޮކްޑައުންގެ ތެރޭގައި ސޮނާލީވަނީ ޓްވީޓު ކޮއްފައެވެ. އޭނާ ބުނެފައިވާގޮތުގައި އޭނާ އަކީ ޓެކްނޮލޮޖީއާއި ވަރަށް ބީރައްޓެހި ތަރިއެކެވެ. މި ލޮކްޑައުންގެ ސަބަބުން އަމިއްލައަށް ޒޫމްކޯލް ކުރުމާއި އިންޓަގުރާމް އިން ލައިވްކުރަންވެސް އޭނާއަށް ދަސްވިއެވެ.

ސޮނާލީއަކީ 1990ގެ ތެރޭގައި މަޝްހޫރުކަން ހޯދި ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ އެކްޓަރެސްއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!