ހިތާއި ފުއްޕާމޭގެ ބަލިތަށް ހުންނަ މީހުންނަށް މީ ރަނގަޅު ކަސްރަތެއް!

ޔޯގާ އަކީ ސިއްޙީގޮތުން އެތަށް ފައިދާތަކެއް ހަށިގަނޑަށް ކުރުވާ ކަސްރަތެކެވެ. ޔޯގާ މާސްޓަރެއް ކަމަށްވާ އަކްޝަރު ބުނާ ގޮތުގައި ބައެއް ޔޯގާ ޕޯސްތަކުގެ ސަބަބުން ހިތާއި ފުއްޕާމޭގެ ބަލިތަށް ހުންނަ މީހުންނަށްވެސް ބޮޑެތި ލުއިތަށް ލިބެއެވެ. މިއަދު މިބަލާލަކީ އެފަދަ ބަލިތަކުން ރައްކާތެރިވުމަށް ނޫނީ އެފަދަ ބަލިތަށް ހުންނަމީހުންނަށްވެސް ލުއިވާނެ ބައެއް ޔޯގާ ޕޯސްތަށް ކަމުގައި އަކްޝަރު ހާމަކޮއްފައިވާ ބައެއް ޕޯސްތަކަށެވެ.

  • ދެފައި ވައްކޮއްގެން ބުރަކަށި ތެދުވާނެހެން އިށށީދެލާށެވެ. އެއަށްފަހު ލޯމާރާލައިގެން އިދއެ ބޭރަށް އަދި އެތެރެއަށް ނޭވާ ލަމުން ގެންދާށެވެ. ނޭވާ ހިފަހައްޓާލުމަށްފަހު  5 ސިކުންތު މަޑުކޮއްލާށެވެ. އަދި ނޭވާ ބޭރަށް ދޫކޮއްލުމުގައިވެސް 5 ސިކުންތު ހޭދަކުރަންވާނެއެވެ.
  • ހަށިގަނޑު ރީތިކޮށް  ދަމާލައިގެން ބަނޑުވަތަށް އޮށޯންނާށެވެ. ފައިގެ ދެ ބޮޑުވައި އިގިލި ޖެހޭނެހެން ފައި ކައިރިކޮއްލާށެވެ. ދެން ކޮޑާ އެއްހަމައެއްގައި އަތް ޖައްސާލުމަށްފަހު އަތް ރީތިކޮށް ދަމާލެވޭވަރަށް ހަށިގަނޑު ހިއްލާލާށެވެ.
  • އެއްފަރާތަކަށް ވާގޮތަށް އޮށޯވެލާށެވެ. އެއް ފައި މައްޗަށް އަނެއްފައި ވާގޮތަށް ބާއްވާށެވެ. އެއް އަތް ވިއްދާލުމަށްފަހު އަތް ރަގަނޅަށް ދަމާލެވޭ ވަރަށް އެއް އަތްމައްޗަށް ތެދުވާށެވެ. އަނެއް އަތް މައްޗަށް ދަމާލާ އިގިލިތަށް ހުޅުވާލާށެވެ. ހަށިގަނޑު ހުންނަންވާނީ އެއް އަރިއަކަށް ރީތިކޮށް ދަމާލެވިފައެވެ.މިގޮތަށް ދެއަރިއަށްވެސް ތަކުރާކުކުރަން ވާނެއެވެ.
  • ކުޑަކަކޫ މައްޗަށް އިށީންނާށެވެ. ދެއަތުން ފުންނާބުގައި ހިފާލާށެވެ. އަތް ރަގަނޅަށް ދެމޭވަރަށް ހަށިގަނޑު ހިއްލާލާށެވެ. ދެން ފަޔާ ދިމާއަށް ހަށިގަނޑަށް ވާން ވާވަރަށް ބޯ އަރިކޮއްލާށެވެ.

މިއިން ކޮންމެ ޔޯގާ ސެޓެއްގައިވެސް އެންމެ މަދުވެގެން 2 މިނެޓް މަޑުކުރަންވާނެއެވެ. އަދި ބުރޭކު ނަގަމުން 3 ނޫނީ 4 ސެޓު ހަދަންވާނެއެވެ.މިއީ ދިފާއީ ނިޒާމު ވަރުގަދަކޮށް އަންހެނުންނަށް ދިމާވާ ބުރެސްޓް ކެންސަރުން ރައްކާތެރިވުމަށްވެސް ހޯދިދާނެ ފަރުވާ އެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!