އިތުރު 145 މީހުން ކޮވިޑުން ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 145 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 5483 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2763 މީހުންނެވެ. ކޮވިޑްގައި 29 މީހަކު ވަނީ މަރުވެފައެވެ.

މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް 157 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!