ފޮޓޯ: މިހާރު

141 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 141 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހާމަކުރައްވަމުން ބުނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް 141 މީހުން ޕޮޒިޓިވުވެ ޖުމްލަ ޕޮޒިޓިވުވީ މީހުންގެ އަދަދު 8،281 އަރައިފައިވާ ކަމަށެވެ.

އަލަށް މިއަދު މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، 98 ދިވެހިންނާ، އަދި 43 ބިދޭސީންނެވެ. މިއަދު މިބައްޔަށް އަލަށް ޕޮޒިޓިވުވި 141 މީހުންގެ ތެރެއިން ހަތް މީހަކު އަތޮޅު ތެރެއިން ޕޮޒިޓިވުވެފައިވާއިރު މާލެއިން ޕޮޒިޓިވުވި މީހުންގެ އަދަދަކީ 43 އެވެ.

މިހާރު ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 5482 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2763 ގަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!