ސަލްމާން މިފަހަރު ބިގް ބޮސް ހޮސްޓްކޮށްދޭ އަގު ބޮޑު ކޮށްފި

ކަލާޒް ޗެނަލުން ކޮންމެ އަހަރަކު ގެނެސްދޭ ބިގް ބޮސް އަކީ އިންޑިއާގެ އެންމެ މަޤުބޫލު ރިއަލިޓީ ޝޯއެވެ.

މި ޝޯގެ 4 ވަނަ ސީޒަން އިން ފެށިގެން ހޮސްޓްކޮށްދެމުން އަންނަ ސަލްމާން ޙާން ކޮންމެ އަހަރަކުވެސް ޝޯ ހޮސްޓު ކޮށްދިނުމަށް ބޮޑު އަދަދެއް ނަގައެވެ. މިފަހަރު ސަލްމާން މި ޝޯ ހޮސްޓުކުރުމަށް ހުށަހެޅި އަދަދާއި އެކު މިއީ މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ތަރިއަށް ވެގެންދާނެއެވެ.

ހަބަރުތައް ބުނާ ގޮތުގައި ސަލްމާން މިފަހަރު ޝޯ ހޮސްޓުކޮށްދޭން ހުށަހަޅާފައިވަނީ ކޮންމެ އެޕިސޯޑަކަށް 20 ކަރޯޑް ރުޕީސްއެވެ. އެގޮތުން 3 މަސްދުވަހަށް ދެމިގެންދާ މި ޝޯއަށް އޭނާއަށް ޖުމްލަ 450 ކަރޯޑް ރުޕީސް އާއި ގާތަށް ލިބޭނެ ކަމަށް ބެލެވެއެވެ. ސަލްމާން މިދިޔަ އަހަރު ޝޯ ހޮސްޓް ކޮށްދީފައިވަނީ ކޮންމެ ޝޯއަކަށް 15.5 ކަރޯޑް ރުޕީސްއެވެ.

ޝޯގެ ޕްރޮޑިއުސަރުން މިހާ ބޮޑު އަދަދެއް ސަލްމާންއަށް ދިނުމަށް ނިންމާފައިމިވަނީ ބެލެވޭ ގޮތުގައި، ގިނަ ބަޔަކު އެހާ ޝައުގުވެރިކަމާއެކު މި ޝޯ ބަލާ ސަބަބަކީ ސަލްމާން ޚާން ހޯސްޓް ކޮށްދޭތީއެވެ.

މިދިޔައަހަރުގެ ޝޯއަށްވެސް ސަލްމާން އަށް ވަނީ ވަކިން ދިރިއުޅޭނެ ބޮޑު ތަނެއް ޕްރޮޑިއުސަރުން ހަދާދީފައެވެ. ހަބަރުތައް ބުނާ ގޮތުގައި މިފަހަރުވެސް ސަލްމާން އަށް ދަނީ ބިގްބޮސް ގޭގައި ވަރަށް ފެންވަަރުގެ ތަނެއް ހަދަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!