ފޮޓޮ: ގޫގުލް

މޫސުން ގޯސްވެ، ބޮޑު ސަރަޙައްދަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ބޮޑު ސަރަޙައްދަކަށް ވައިޓް އެލާރޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން މ. އަތޮޅަށެވެ.

މިރޭގެ 21:00 އިން މިރޭގެ ދަންވަރު 02:00 އަށް ނެރެފައިވާ މިއެލާރޓްގަި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ވައިގަދަ ވާނެކަމަށެވެ. އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލަށް ދެމެދުގެ ބާރުމިނެއްގައި ވައިޖެހެނޭކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މެޓުން އިތުރަށް ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން އުޅޭނީ 4–6 ފޫޓުގަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!