ޖުލައި މަހު ކުރީކޮޅު ބޭއްވި އެފްއޭއެމްގެ އިންތިހާބު، ސްޕޯޓްސް ކޮމިޝަނާ އޮފީހުން ބަލައިގެންފި އެވެ.
ދެ ވަނަ ދައުރަަކަށް އެފްއޭއެމްގެ ރައީސަކަށް ހޮވި ވަޑައިގަތް މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އާ ހިންގާ ކޮމިޓީ ސްޕޯޓްސް ކޮމިޝަނަރު މިއަދު ވަނީ ރަޖިސްޓްރީ ކޮށްދީފަ އެވެ.
އެކަން ފާހަގަކުރައްވައި އެފްއޭއެމްގެ ރައީސް ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތިން ވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއެމަށް ވަނަނުދީ އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަންތައްތައް ގެންދިއުމަށް މަގުފަހިކޮށްދިނީ މިނިސްޓަރު މަހުލޫފާއި ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމްގެ މަސައްކަތުންކަމަށެވެ.