ނ. ހޮޅުދޫގެ އިޚްތިޞާޞްގެ ތެރެއަށް ހޮޅުމީދޫ އިތުރުކޮށްފި

ނ. ހޮޅުދޫގެ އިހްތިސޯސްގެ ތެރެއަށް، ހޮޅުމީދޫ އިތުރުކޮށްފިއެވެ.

ހޮޅުދޫގެ އިޚްތިޞާޞްގެ ތެރެއަށް އެއަތޮޅު ހޮޅުމީދޫ އިތުރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ނެރުއްވި ޤަރާރަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ޤަރާރުގައި ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައަޅައިފައި އޮތް ގޮތަށް ބަދަލުގެންނަން ޖެހިއްޖެކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރާއްޖޭގެ ޤާނޫނު އަސާސީއާއި، ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން، ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިޚްތިޞާޞްގައި، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގެ އިޚްތިޞާޞް ތެރެއަށް، ހޮޅުމީދޫ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން ވަނީ އެކަށައަޅާފައެވެ.

ހޮޅުމީދޫ އަކީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ފުރަތަމަ ހަމަޖައްސާފައި ވަނީ 2002 ވަނަ އަހަރު ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް ފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި، 2013 ވަނަ އަހަރު ޤަރާރަކުން އެ ރަށް ހޮޅުދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސިއެވެ.

ނ. ހޮޅުދޫގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނި ހޮޅުމީދޫ އަކީ 28.3 ހެކްޓަރުގެ ބޮޑުމިނުގެ ޖާގައިގެ ރަށެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!