ފޮނަދޫން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ލ. ފޮނަދޫގައި ހޯމް ކަރަންޓީގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

 ފޮނަދޫ ކައުންސިލުގެ ރައީސް އަޙުމަދު ރިޔާޒް ވިދާޅުވީ، އެރަށުން ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ހެދި ޓެސްޓުންނެވެ.

އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސިއްހީ އެހީތެރިން މިހާރު އަޅުއްވަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!