ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެ ވައިޓް އެލާޓް ނެރެފި

ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެ ވައިޓް އެލާޓް ނެރެފި އެވެ.

އެ ސަރަަހައްދަށް މިރޭ 8:00 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައިވާއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. 

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެ އެވެ. 

މެޓުން އިތުރަށް ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން އުޅޭނީ 4–6 ފޫޓުގަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!