ފޮޓޯ: މިހާރު

މީހުން ދިރިއުޅޭ ތަންތާ ތެޔޮ ރައްކާކޮށް ގެންގުޅޭނަމަ ފިޔަވަޅު އަޅަނީ

މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ތެޔޮ ރައްކާކޮށް ގެންގުޅޭނަމަ، މިކަމާގުޅޭ ޤަވާޢިދުގެދަށުން ފިޔަވަޅުއަޅުއްވާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީ ތެލުގެ ޚިދުމަތްދޭ އެއްވެސް ތަނަކުން މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައި ކޮށްދިނުމަކީ މަނާ ކަމެއްކަމަށާއި އަދި ޙަވާލާދީފައިވާ ޤަވާޢިދާ ޚިލާފަށް މީހުން ދިރިއުޅޭ ސަރަޙައްދުގައި ތެޔޮ ރައްކާކޮށް ގެންގުޅުމަކީވެސް މަނާ ކަމެއް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ 03 ވަނަ ދައުރުގެ 105 ވަނަ ރަސްމީ ޢާއްމު ޖަލްސާއިން މިގޮތަށް ނިންމަވާފައިމިވަނީ މިނިސްޓްރީ އޮފް ޑިފެންސްއިން 12 އޮގަސްޓް 2012 ވަނަ އަހަރު ގެޒެޓްކޮށްފައިވާ ޤަވާޢިދު ނަންބަރު: 160-R/2015″ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާޢިދުގެ ” ދަށުންނެވެ.

. އަދި މި އެންގުމާ ޚިލާފައިވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް ސިޓީ ކައުންސިލުންވަނީ ވިދާޅުވެފައެވެ.

މިގޮތަށް ނިންމާފައިވަނީ މިއީ އަލިފާނުގެ ޙަދިސާތަކުގައި ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވެގެންދާކަމަކަށްވާތީ، ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!