މަތިވެރިއަށް ދިޔަ އަންހެނަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އއ. މަތިވެރިން އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މަތިވެރީ ކައުންސިލުގެ ރައީސް އިސްމާއިލް އާތިފް އާއި ހަވާލާދީ ސީއެންއެމްގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި އަންހެނެކެވެ. 

އެމީހާއަކީ ވިހެއުމަށް މާލެ އައި މީހެއް ކަމަށާއި އަނބުރާ ރަށަށް ދިއުމަށް ފަހު، 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން މީގެ ތިން ދުވަސްކުރިން ސާމްޕަލް ނެގި ކަމަށް އާތިފް ވިދާޅުވި އެވެ. އަދި މިއަދު ނަތީޖާ ލިބުނުއިރު އަންހެން މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ. 

އާތިފް ވިދާޅުވީ އެ އަންހެން މީހާއާއިއެކު އެއް ގެއެއްގައި އޭނާގެ ފިރިމީހާއާއި ތުއްތު ދަރިފުޅުގެ އިތުރުން ޕޮޒިޓިވްވި އަންހެން މީހާގެ މަންމަވެސް ކަރަންޓީނު ވެގެން ތިބި ކަމަށެވެ. މިއަދު މެންދުރު ނަތީޖާ ލިބުނީ އަންހެން މީހާގެ އިތުރުން ފިރިހެން މީހާގެ އެވެ. އޭގެ ތެރެއިން ފިރިހެން މީހާ ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.

ކުޑަ ދަރިފުޅާއި މަންމަގެ ކޮވިޑް ސާމްޕަލް ނެގި ނަމަވެސް އަދި ނަތީޖާ ނުލިބޭތީ އެމީހުން ނެގެޓިވް ކަމެއް ނުވަތަ ޕޮޒިޓިވްކަމެއް އަދި ނޭނގެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!