އެޖެންޑާ ނިންމަން އާދީއްތަ ދުވަހު ޖަލްސާއެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އާދީއްތަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

މަޖިލީހުގެ ޖަލްސާއެއް އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވާއިރު އެ ޖަލްސާއަށް ވަނީ މުހިންމު ކަންތައްތަކެއް އެޖެންޑާ ކޮށްފައެވެ. 

އެގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަވަނީ އެދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ. 

ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން މަޖިލީހުގެ ރުހުން ހޯދަން ފޮނުވާފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދާއި ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމްގެ ނަމަށް ވޯޓަށް އެހުން ވެސް ތާވަލުކޮށްފައިވެއެވެ. މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހުސްވެފައިވާ ދެ މަގާމެކެވެ.

ޖުމުލަ 15 ކަމަކަށް ވޯޓަށް އެހުމަށް އާދީއްތަ ދުވަހުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާއިރު އޭގެތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އަށް މެމްބަރުން އައްޔަނު ކުރުމަށް ރުހުން ދިނުމާއި، ތައުލީމްގެ ބިލަށްވެސް ވޯޓަށް އެހުން ހިމެނެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!