މި އަހަރުގެ ގައުމީ ގުރުއާން މުބާރާތް ނުބާއްވަން ނިންމައިފި

މި އަހަރުގެ ގައުމީ ގުރުއާން މުބާރާތް ނުބާއްވާ ގޮތަށް ނިންމައި އެކަން އިއުލާނު ކޮށްފި އެވެ.

ކީރިތި ގުރްއާނާބެހޭ ގައުމީ މަރްކަޒުން މިއަދު އިއުލާންކޮށް ބުނީ މި އަހަރު ބާއްވަން ނިންމާފައި އޮތް ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް، ނުބާއްވަން ނިންމާފައިވާ ކަން އަންގާ ކަމަށެވެ.

އަދި ބުނީ އެ ގޮތަށް ނިންމީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށެވެ. މި ނިންމުން އާއިރު މިއަދު ވަނީ މާލޭ ސަރައްދުގެ ސްކޫލްތައް ވެސް އިތުރު ދެ ހަފުތާއަށް ބަންދުކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!