240 ބިޔަރު ދަޅާއެކު 17 އަހަރުގެ ކުއްޖަކު މާލެއިން ހައްޔަރުކޮށްފި

ބިޔަރު ދަޅު ތަކަކާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިކަމާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށް ފުލުހުން ބުނީ، ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅު ތަކަކާއެކު ދެ މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމަށެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 02 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައި ފާސްކުރި އިރު 240 ބިޔަރު ދަޅު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!