ހަނިމާދޫ މަގުހެދުމުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގާނެ ސަރަޙައްދެއް ހެދުމުގެ 80 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފަ ކަމަށާއި، ކުރިއަށްދަނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކަމަށެވެ

އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 ސްކެއާ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 ސްކެއާ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، 19,679.7 ސްކެއާ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ. 

ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 15 ޖޫން 2019 ގަ އެވެ. 

.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!