ރަޝިއާއިން ރާއްޖެއާ ދެމެދު ދަތުރުތައް ފަށަނީ

ކޮވިޑް-19 އާ ގުޅިގެން ރަޝިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލުމަށް ފަހު، އަލުން ފަށައިފި އެވެ.

ރަޝިއާގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން، ބައިނަލްއަގުވާމީ ފްލައިޓުތައް އުދުހުން ހުއްޓާލާފައި ވަނީ މިދިއަ މާޗް މަހުގެ ތެރޭގަ އެވެ.

މިދިއަ ބުރާސްފަތި ދުވަހު ރަޝިއާ ސަރުކާރުން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، ރާއްޖޭގެ އިތުރުން މިސްރަށާއި ދުބާއީއަށް ފްލައިޓުތައް އޮޕަރޭޓު ކުރުމުގެ ހުއްދަ އަލުން ދީފައިވާ ކަމަށެވެ. އެގޮތުން، ކައިރޯއަށް ހަފުތާއަކު ތިން ފްލައިޓުގެ އިތުރުން ރާއްޖެއަށާއި ދުބާއީއަށް ހަފުތާއަކު ދެ ފްލައިޓު އޮޕަރޭޓު ކުރާނެކަމަށް ބުނެފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިއަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން، ދޮޅު މަސް ދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 9،000 އެއްހާ ޓޫރިސްޓުންނެވެ.

ރަޝިއާ އަކީ ރާއްޖެއަށް އެންމެ މުހިއްމު އެއް މާކެޓަށްވާއިރު، ފްލައިޓުތައް އަލުން ފެށުމަކީ ޓޫރިސްޓުން އަންނަ މިންވަރު އިތުރު ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ބާރަކަށް ވެގެންދާނެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ތުރުވުމާ ގުޅިގެން، ކޮވިޑް ޓެސްޓުން ނެގެޓިވްކަން ޔަގީން ކޮށްފައި ނޫނީ ރާއްޖެއަށް ޓޫރިސްޓުންނަށް ނާދެވޭ ގޮތަށް، އުސޫލު މިހާރު ވަނީ ބަދަލު ކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!