މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު 2 ހަފުތާއަށް ބަންދުކޮށްފި

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ، އެ ސަރަހައްދުގެ ސްކޫލްތައް ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ނުހުޅުވާގޮތަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

ކޯވިޑް19 ގެ ހާލަތަށް ރިޢާޔަތްކޮށް، އެޗް.ޕީ.އޭ އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތައް (6 ސެޕްޓެމްބަރ 2020 އިން 17 ސެޕްޓެމްބަރު 2020 އަށް) ކުރިއަށްއޮތް 2 ހަފްތާގައިވެސް ބަންދުކުރުމަށް ނިންމާފައިވާ ކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ސްކޫލުތައް ބަންދުކޮށްފައި ވީނަމަވެސް ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިވާ ކަމަށާއި، އަދި އޭލެވެލް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ސްކޫލުތަކުގައި ކިޔަވައިދޭ ކުލާސްތައް ކުރިޔަށް ދާނެ ކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ.

މިގޮތުން ގްރޭޑް 11 އާއި 12އިގެ ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދެމުން އަންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމަވާފައިވަނީ އޭލެވެލްގެ އޭއެސް އިމްތިޙާނަށް ދަރިވަރުން ތައްޔާރު ކުރުވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުގެ މަޝްވަރާގެ މަތިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު ޖުލައި މަހުގެ އެއްވަނަ ދުވަހު ވަނީ ސްކޫލްތައް ހުޅުވައި އަލުން ކިޔަވައިދޭން ފަށާފައެވެ. އެހެންނަމަވެސް މާލެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވައި ދެމުންދިޔައީ ގްރޭޑް 1 ން 12 އަށެވެ. އަދި މާލޭސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ގްރޭޑް 9 އިން 12 އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!