މިނިސްޓްރީގެ ކުދިން ބެލުމުގައި އިހުމާލުވާ މުވައްޒަފުންނާއި ދޭތެރޭގައި ފިޔަވަޅުއަޅާނެ: ޖެންޑަރ

ޖެންޑަރ މިނިސްޓްރީގެ ބެލުމުގައި ދަށުގައިވާ ކުދިން ބެލުހެއްޓުމުގައިި އިހުމާލުވާ މުވައްޒަވުންނާއި ދޭތެރޭގައި ފިޔަޅުއަޅާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު ވިދާޅުވީ މިނިސްޓްރީގެ އެކިހިޔާތަކުގައި ދިރިއުޅެމުންދާ ކުދިން ބަލަމުންދަނީ ވަރަށް ޚާއްސަ ސަމާލުކަމެއްދީގެން ކަމަށެވެ. ތަފާތު އެކިއެކި މިޒާޖުގެ ކުދިން ދިރިއުޅެމުންދާއިރު، މިއީ ވަރަށް އުދަނގޫ އެހާމެ މަސްއޫލިއްޔަތު ބޮޑު މަސައްކަތެއްގެ ގޮތުގައި އައިޝަތު ސިފަކުރެއްވިއެވެ.

އައިޝަތު ވިދާޅުވީ ފާއިތުވެ ދިޔަ އަހަރުތަކުގައި އަދި މިއަހަރުގެ ތެރޭގައި ވެސް ހިޔާ ތަކުގެ ދިރިއުޅޭ ކުދިން ބެލުމުގައި މުވައްޒަފުން، އިހުމާލުވި މައްސަލަތައް ފެންމަތިވެގެން ދިޔަ ކަމަށެވެ.

“މިއަހަރުގެ ތެރޭގައި ވެސް ވާނެ ސަސްޕެންޑް ކުރެވިފައި. އަޅުގަނޑުމެންނަށް މުއައްޒަފުން އެގޮތަށް ފާހަގަވެގެން އެކްޝަން ނަގާފަ ހުންނާނެ. އެމައްސަލައެއް ބަލާއިރު، އަޅުގަނޑުމެންނަށް ސިވިލް ސަރވިސްގެ ތެރެއިން އެމީހަކު ވަޒީފާއިން ނުކެނޑުނު ކަމުގައި ވިޔަސް އެތަނަށް އެމީހަކު ފޮނުވައިގެން ކުދިންނާއި އެއްކޮށް މަސައްކަތް ކުރުން މަނާ ކުރެވިފައި ވަނީ. އެގޮތަށް ފިޔަވަޅު އެޅެމުންދަނީ.” އައިޝަތު ވިދާޅުވިއެވެ.

އައިޝަތު ވިދާޅުވީ މިއަހަރުގެ ތެރޭގައި އިހުމާލުގެ މައްސަލާގައި ދެމުވައްޒަފަކު ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ. އަދި އެކިކަހަލަ އިހުމާލުގެ މައްސަލަތައް މުވައްޒަފުންގެ ފަރާތުން ފެންމަތިވި ކަމުގައިވީ ނަމަވެސް ޖިންސީ ގޯނާގެ މައްސަލައެއް މިއަދާ ހަމައަށް ރިޕޯޓު ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!