އެޗްޑީއެފްސީން ނަގާފައިވާ ލޯނުތަށް މިމަހުން ފެށިގެން އަލުން ދައްކަން ޖެހޭނެކަން އަންގައިފި

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީން ނަގާފައިވާ ލޯނުތައް ލަސްކޮށްދީފައިވަނީ އޮގަސްޓްމަހުގެ ނިޔަލަށްކަމަށާއި، މިމަހުން ފެށިގެން އަލުން ފައިސާ ދައްކަން ޖެހޭނެކަމަށް އެ ކުންފުނިން އަންގައިފިއެވެ.

ކޯވިޑް19އާ ގުޅިގެން އެޗްޑީއެފްސީން ނަގާފައިވާ ލޯނުތައް މާޗު މަހުން ފެށިގެން 6 މަހަށް ވަނީ ފަސްކޮށްދީފައެވެ. ލޯނު ފަސްކޮށްދެމުން އެޗްޑީއެފްސީން ބުނީ ކޯވިޑް-19ގެ ސަބަބުން ފަރުދުންގެ ދިރިއުޅުމުގެ އާންމު ހާލަތަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ރާއްވަވައި ކުރިޔަށްގެންދަވާ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ލޯނުދެއްކުން 6 މަހަށް ފަސްކޮށްދީފައިވާކަމަށެވެ. ނަމަވެސް މިދިޔަމަހު އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފައިސާ ދެއްކުން ލަސްކޮށްދީފައިވަނީ އޮގަސްޓްމަހުގެ ނިޔަލަށްކަމަށެވެ.

އެހެންކަމުން ސެޕްޓެމްބަރުމަހުން ފެށިގެން ސްކީމްތަކަށް އަލުން ފައިސާ ދައްކަންޖެހޭނެކަމަށް އެޗްޑީއެފްސީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!