ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް އެމްބީއެސްއިން ލިބޭނެ

ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ކޮންމެ މަހެއްގެ ފުރަތަމަ ހަފްތާގައި މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް 02 ސެޕްޓެމްބަރ އިން ފެށިގެން ކޮންމެ މަހެއްގެ ފުރަތަމަ ހަފްތާގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގައި ތެލެސީމިއާ ކުދިން ބައްލަމުން ގެންދާނެ ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ މިއީ ތެލެސީމިއާ ކުދިން ފަރުވާ ހޯދަމުންދާއިރު، އެކަމުގެ ސަބަބުން ހުށަހެޅޭ އެހެނިހެން ބަލިތައް އަވަހަށް ދެނެގަނެ ދުރާލާ އެކަމަށް ފަރުވާ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފެށިގެން ދިޔަ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ސިފަ ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!