ޝާހު އިންސްޓަގްރާމް ޕޯސްޓެއް ކޮށްދޭ އަގު އެނގޭތަ؟

އިންޑިއާގެ އެންމެ މުއްސަނދި ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކް ޙާން އަކީ ބޮލީވުޑްގައި މިލިއަނުން އާމްދަނީ ހޯދާ ފަންނާނެކެވެ. ހަމައެހެންމެ ޝާހު އަކީ މުއްސަނދިންގެ ލިސްޓުގައިވެސް ހިމެނޭ ފަންނާނެކެވެ.

އެންމެ ބޮޑެތި އަގުތަކަށް ފިލްމު ކުޅެދޭ ތަރިންގެ ލިސްޓުގެ ކުރީގައި ޝާހްރުކް ހާން ހިމެނެއެވެ. އެގޮތުން ޝާހުރުކް ހާންގެ އަމިއްލަ ކުންފުނި ރެޑް ޗިލީސް އިންވެސްޓްމެންޓުން ލިބޭ އާމްދަނީގެ އިތުރުން އޭނާ ކުޅޭ ކޮންމެ ފިލުމަކުން 45 ކްރޯޑް ރުޕީ ހޯދަ އެވެ.

ފިލްމު ކުޅުމުގެ އާމްދަނީގެ އިތުރުން ޝާހު އަކީ އިންސްޓަގްރާމް މެދުވެރިކޮށްވެސް ބޮޑު އާމްދަނީ އެއް ހޯދާ ތަރިއެކެވެ. އެގޮތުން ޝާހުގެ އިންސްޓަގްރާމްގައި 22 މިލިއަން ފޮލޮވަރުން ތިބެއެވެ. މި ފޮލޮވަރުންގެ އަދަދަކީ ކުންފުނިތަކުން އެމީހުންގެ ބްރޭންޑްތައް ޕްރޮމޯޓު ކުރުމަށް ވަރަށް ކާމިޔާބު އަދަދެކެވެ.

އެހެންނަމަވެސް ޝާހުގެ އިންސްޓަގްރާމްގައި ޝައުޓްއައުޓް އެއް ނުވަތަ އިޝްތިހާރެއް ޕްރޮމޯޓުކުރުމަށް 80 ލައްކަ ރުޕީސް އިން ފެށިގެން 1 ލައްކަ ރުޕީސް ޗާޖު ކުރާ ކަމަށް ވެއެވެ. މިއީ މުޅިދުނިޔެއަށް މަޝްޙޫރު މީހަކާއި ބަލާފައި ކުޑަ އަދަދެއް ކަމަށް ބައެއް މީހުން ބުނެއެވެ.

ޝާހްރުކް ޚާން އަކީ ދިވެހިންގެ ތެރޭގައިވެސް މަޤްބޫލު ކަމެއް ހޯދާފައިވާ ފަރާތެކެވެ. މިގޮތުން 1992 ވަނަ އަހަރު ފިލްމް ކުޅެން ފެށި ޝާހްރުކްއަށް މިހާތަނަށްވަނީ ގިނަ އެވޯޑްތަކެއްވެސް ލިބިފައެވެ. ޝާހްރުކް ޚާން އަށް މިހާތަނަށް 14 ފިލްމް ފެއަރ އެވޯޑާއި މިހާތަނަށް 30 ފަހަރު މިއެވޯޑަށް ނޮމިނޭޓްވެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!