ސެޕްޓެމްބަރ 5 ގައި 60000 ޓެސްޓް ކިޓް ލިބޭނެ

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް މިވަގުތު 4000 ޓެސްޓް ކިޓް އެބަހުރި ކަމަށާއި އިތުރު ޓެސްޓް ކިޓްތައް ބުރާސްފަތި ދުވަހު ލިބޭނެ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އެސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން ޑރ ނަޒްލާ ވިދާޅުވީ ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހު 60،000 ޓެސްޓް ކިޓް ލިބޭނެ ކަމަށެވެ. އެއީ ޗައިނާ އިން 40،000 ޓެސްޓް ކިޓާއި އެމެރިކާ އިން ލިބޭ 20،000 ޓެސްޓް ކިޓް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު ރާއްޖޭގައި ޑަބަލްކޮށް ހެދި ޓެސްޓްތަކާއެކު 115،727 ޓެސްޓް ވަނީ ހަދާފައެވެ. ފާއިތުވި 24 ގަޑިއިރު 1546 ޓެސްޓް ހެދިފައިވާއިރު މިވަގުތު ޕެންޑިންގ ގައި 289 ސާމްޕަލް ހުރި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!